ފަހަތަށްޤާޠިޞް

ޙަބަރު

9 ޚަބަރު ހުރިހާ

ޙަބަރު

އިމިގްރޭޝަންގެ ހަރުކަށި ސިޔާސަތާއެކު ޓްރަމްޕަށް ވޯޓަރުންގެ ތާއީދު ގެއްލެނީ؟

ޙަބަރު

އިންޒާރު: 2025 ގައި ޖައްވަށް ދޫކުރި ގޭހުގެ އަދަދު 54 ބިލިއަނަށް! މުޅި ދުނިޔެ ނުރައްކަލުގެ ތެރެއަށް؟

ޙަބަރު

ކައްކާ ގޭސް ލިބެން ދަތިވެ ކަސްޓަމަރުންނަށް ދޫކުރާ މިންވަރު ކޮންޓްރޯލްކޮށްފި

ބައިނަލްއަގުވާމީ ބާޒާރުގައި އަގު މައްޗަށް ދާތީ ހޮނިހިރު ދުވަހުން ފެށިގެން މޯލްޑިވް ގޭހުން ގޭސް ފުޅިތަކުގައި ފުރާ މިންވަރު ކުޑަކުރަނީ އެވެ. ކިލޯއެއްގެ އަގަށް ބަދަލެއް ނާދެ އެވެ. ދިގު މުއްދަތަށް ތިން މަހަށް ފުދޭ ގޭސް ރައްކާކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން ދަނީ އެވެ.

ޙަބަރު

"ވިޒިޓް މޯލްޑިވްސް އިޔަރ 2027" ލަންޑަނުގެ ޑަބްލިއުޓީއެމްގައި ތައާރަފުކޮށްފި

ވިޒިޓް މޯލްޑިވްސް އިޔަރ 2027 ގެ ކެމްޕެއިން "ސެލެބްރޭޓް ދަ ސަނީ ސައިޑް" ލަންޑަނުގެ ޑަބްލިއުޓީއެމްގައި ތައާރަފުކޮށްފި އެވެ. ފެއާގައި ރާއްޖެ ތަމްސީލުކުރަނީ 161 މީހުންގެ ވަފުދެކެވެ.

ޙަބަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގާތްގަނޑަކަށް 4 އިންސައްތަ ދަށްވެއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ގާތްގަނޑަކަށް 4 އިންސައްތަ ދަށްވެ، ބްރެންޓް ތެޔޮ ފީފާއެއް 108-110 ޑޮލަރާ ދެމެދަށް ވެއްޓިއްޖެ އެވެ. އަގު ދަށްވީ ގަލްފުގެ ނުތަނަވަސްކަން ހައްލުވެދާނެ ކަމުގެ އުންމީދާ ގުޅިގެންނެވެ. ރާއްޖެ ފަދަ ތެޔޮ އެތެރެކުރާ ގައުމުތަކަށް މިއީ ލުޔެކެވެ.

ޙަބަރު

ހޫނުގެ ސަބަބުން 2040 ވަނަ އަހަރު ވާއިރު ރާއްޖެއަށް އަހަރަކު 576 މިލިއަން ޑޮލަރުގެ ގެއްލުމެއް: އައިއެލްއޯ

ހޫނުގެ ސަބަބުން 2040 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުން އަހަރަކު 576 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ ކަމަށް އައިއެލްއޯ އިން ބުނެފި އެވެ. ދިރާސާގައިވާ ގޮތުން ގާތްގަނޑަކަށް 2,400 ފުލްޓައިމް ވަޒީފާގެ މަސައްކަތަށް އަސަރުކުރާނެ އެވެ. އެންމެ ބޮޑަށް އަސަރުކުރާނީ ހިދުމަތާއި ކޮންސްޓްރަކްޝަން ދާއިރާއަށެވެ.

ޙަބަރު

ސަރުކާރުން ދައްކަންޖެހޭ ފައިސާ ޓެކްސުން ކަނޑާލުމުގެ އިންތިޒާމު ހަމަޖެހިއްޖެ

ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ ނުދެވި ހުރި ފައިސާ، އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުން އުނިކުރެވޭ ގޮތް ފިނޭންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ. ހާއްސަ އުސޫލުތަކެއް އަމާޒުކޮށްފައިވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. އޮފްސެޓް ހޯދުމަށް މީރާއަށް ހުށަހަޅަންޖެހެ އެވެ.

ޙަބަރު

އީގަލް ހިލްސްގެ މަޝްރޫއާ މެދު ރެފަރެންޑަމެއް ބާއްވަން އެމްޑީޕީން ގޮވާލައިފި

ރަސްމާލޭ އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ. ޖަލްސާގައި ތިބި 58 މެމްބަރުންގެ ތެރެއިން 57 މެމްބަރުން ގަރާރަށް ތާއީދުކުރި އެވެ. ނޮވެމްބަރު 15 ގެ ކުރިން ރެފަރެންޑަމް ނުބާއްވައިފިނަމަ މަގުމައްޗަށް ނުކުތުމަށް ފައްޔާޒް އިސްމާއީލް ވަނީ އިންޒާރު ދެއްވައިފަ އެވެ.

ޙަބަރު

ފޯޅަވަހީގެ މައްސަލާގައި ހިނގި ކަންކަން ބަލަން ކޮމިޝަނެއް އެކުލަވާލައިފި

ފޯޅަވަހީގެ ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ދިވެހި ދައުލަތުން ހިނގި ކަންކަން ތަހުގީގުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތް މެމްބަރުންގެ ކޮމިޝަނެއް އުފައްދަވައިފި އެވެ. ކޮމިޝަނުގެ ޗެއާއަކީ އަހުމަދު ޝާކިރެވެ. ގާނޫނީ އިހުމާލެއް ވެފައިވޭތޯ ބަލައި، ޒިންމާވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ކޮމިޝަނުން ލަފާދޭނެ އެވެ.