ނޫސްވެރިޔާ

Dhirunbaa News

ދުނިޔެ

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނަރު އިސްތިއުފާއަށް ގޮވައި، ޑެލީގައި ބޮޑު މުޒާހަރާއެއް

އިންޑިއާގެ އިލެކްޝަންސް ކޮމިޝަނަރު ގިޔާނޭޝް ކުމާރު އިސްތިއުފާ ދިނުމަށް ގޮވާލައި އާދީއްތަ ދުވަހު ޑެލީގައި އެތައް ހާސް ބަޔަކު މުޒާހަރާކޮށްފި އެވެ. މުޒާހަރާ ލީޑުކުރީ ކޮންގްރެސްގެ ލީޑަރު ރާހުލް ގާނދީ އެވެ. ވޯޓާސް ލިސްޓުން 130 މިލިއަނަށްވުރެ ގިނަ ނަން އުނިކުރި ކަމަށް އިދިކޮޅުން ތުހުމަތުކުރެ އެވެ.

ޙަބަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ގާތްގަނޑަކަށް 4 އިންސައްތަ ދަށްވެއްޖެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ގާތްގަނޑަކަށް 4 އިންސައްތަ ދަށްވެ، ބްރެންޓް ތެޔޮ ފީފާއެއް 108-110 ޑޮލަރާ ދެމެދަށް ވެއްޓިއްޖެ އެވެ. އަގު ދަށްވީ ގަލްފުގެ ނުތަނަވަސްކަން ހައްލުވެދާނެ ކަމުގެ އުންމީދާ ގުޅިގެންނެވެ. ރާއްޖެ ފަދަ ތެޔޮ އެތެރެކުރާ ގައުމުތަކަށް މިއީ ލުޔެކެވެ.

ޙަބަރު

އީގަލް ހިލްސްގެ މަޝްރޫއާ މެދު ރެފަރެންޑަމެއް ބާއްވަން އެމްޑީޕީން ގޮވާލައިފި

ރަސްމާލޭ އީގަލް ހިލްސްއާ ހަވާލުކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކޮށްފި އެވެ. ޖަލްސާގައި ތިބި 58 މެމްބަރުންގެ ތެރެއިން 57 މެމްބަރުން ގަރާރަށް ތާއީދުކުރި އެވެ. ނޮވެމްބަރު 15 ގެ ކުރިން ރެފަރެންޑަމް ނުބާއްވައިފިނަމަ މަގުމައްޗަށް ނުކުތުމަށް ފައްޔާޒް އިސްމާއީލް ވަނީ އިންޒާރު ދެއްވައިފަ އެވެ.