ގިނަ ބަޔަކަށް އުނދަގޫވާ ޞިއްޙީ މައްސަލަތަކުގެ ތެރެއިން ބަނޑު ހަރުވުން  އަކީ ދިރިއުޅުމުގެ ވަށްޓަފާޅިއާއި ކެއިންބުއިމުގެ އާދަތަކާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. މިއީ އާންމުކޮށް ފައިބަރ ސަޕްލިމެންޓްތަކާއި ބޭސްތަކުން ޙައްލުކުރަމުން އައި ކަމެއް ނަމަވެސް، 2023 ވަނަ އަހަރު ހަވާޑް ހެލްތުން ރިޕޯޓްކުރި ޢިލްމީ ތަޖުރިބާއަކުން ވަނީ މިކަމަށް ވަރަށް ފަސޭހަ އަދި ޤުދުރަތީ ޙައްލެއް ހޯދައިދީފައެވެ.

ތަޖުރިބާއިން އެނގުނު ކަން ކަން

ހާވާޑް ހެލްތުން 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޝާއިޢުކުރި ރިޕޯޓެއްގައިވާ ގޮތުން، ރެންޑަމައިޒްޑް ޓްރަޔަލް  އަކުން ދައްކާފައިވަނީ ދުވާލަކު ދެ ކީވީފުރު  ކެއުމަކީ ކާނާގެ ފައިބަރ ސަޕްލިމެންޓަކަށްވުރެ ބަނޑުހިކުމުގެ މައްސަލައަށް ވަރަށް ބޮޑު ލުއެއް ގެނެސްދޭ ކަމެކެވެ. މި ހޯދުމަކީ ގިނަ ބަހުސްތަކަކަށްފަހު ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. ސަބަބަކީ އާދައިގެ މޭވާއެއް މިހާ ފުރިހަމަގޮތަކަށް މިފަދަ އުނދަގުލަކަށް ޙައްލު ހޯދައިދިނުމެވެ.

ޢަމަލީގޮތުން ކަންކުރަންވީ ގޮތާއި ފަސޭހަކަން

  • ފަސޭހައިން ލިބެންހުރުން: މިއީ އަމަލީގޮތުން ގޭގައި ކުރަން ވަރަށް ފަސޭހަ ކަމެކެވެ. އަދި ރާއްޖޭގެ މާރުކޭޓާއި ފިހުތަކުންވެސް ކީވީފުރު ފަސޭހައިން ލިބެން ހުރެއެވެ.

  • ދުވަހާ އެކަށީގެންވާ މިންވަރު: ދުވާލަކު އެންމެ ދެ ކީވީފުރު ބޭނުންކުރުމުން އެދެވޭ ނަތީޖާއެއް ލިބެއެވެ.

  • ސަމާލުވާންޖެހޭ މުހިންމު ކަންކަން

    މި މޭވާއަކީ ޞިއްޙަތަށް ވަރަށް ފައިދާހުރި އެއްޗެއް ނަމަވެސް، ބައެއް މީހުން މި ބޭނުންކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ:

    • ކީވީ އެލާޖީ: ބައެއް މީހުންނަކީ ކީވީއަށް އެލާޖިކްވާ މީހުން ކަމަށްވާތީ، އެފަދަ ފަރާތްތަކުން ސަމާލުވާންވާނެއެވެ.

    • ކިޑްނީގެ ބަލިތައް : ކިޑީގެ މައްސަލަތައް ހުރެ، ޑޮކްޓަރުގެ އިރުޝާދުގެ މަތިން ޕޮޓޭސިއަމް މަދު ކާނާ ކާންޖެހޭ މީހުން މި މޭވާއިން ލިބޭ ޕޮޓޭސިއަމްގެ މިންވަރަށް ބަލައިގެން ނޫނީ ބޭނުންކޮށްގެން ނުވާނެއެވެ.