ޙުލާޞާ

ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، 41، މިއަދު އިންސްޓަގްރާމް މެދުވެރިކޮށް ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔާކޮށްފި އެވެ. 23 އަހަރު ދުވަހު ގައުމަށް ކުޅުނު އޭނާ 234 މެޗުން 146 ގޯލު ޖަހާފައިވެ އެވެ. މި ނިންމުން ނިންމީ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު ޚިލާފެއް ހިނގުމަށް ފަހު ކަމަށް ރިޕޯޓުތަކުގައި ބުނެ އެވެ.

ޕޯޗުގަލްގެ ފުޓުބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 41،ބައިނަލްއަގުވާމީ ފުޓުބޯޅައިން ރިޓަޔާ ވަނީ ކަމަށް މިއަދު އިއުލާންކޮށްފި އެވެ.


ރޮނާލްޑޯ މި ނިންމުން ހާމަކުރީ އިންސްޓަގްރާމްގައި ޝާއިއުކުރި ވީޑިއޯއެއް މެދުވެރިކޮށެވެ.


"މިއަދު ގައުމީ ޓީމާއެކު ދަނޑުމަތީގައި އަޅުގަނޑުގެ ދަތުރު ނިމުނީ.އަޅުގަނޑު ދަނީ ބޯ އުފުލައިގެން، އަޅުގަނޑު ހިނގި މަގާމެދު ފަޚުރުވެރިވެ، ޕޯޗުގަލަށްޓަކައި އަޅުގަނޑުގެ އަތުގައި އޮތް ހުރިހާ އެއްޗެއް ދިން ކަން އެނގިގެން،" ރޮނާލްޑޯ ބުންޏެވެ.


23 އަހަރު ދުވަހު ޕޯޗުގަލަށް ކުޅުނު ރޮނާލްޑޯ ވަނީ 234 މެޗުން 146 ގޯލު ޖަހާފަ އެވެ. ފިރިހެނުންގެ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އެންމެ ގިނަ މެޗު ކުޅެ، އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ރޮނާލްޑޯ އެވެ.

2016 ވަނަ އަހަރު ޕޯޗުގަލުން ޔޫރަޕިއަން ޗެމްޕިއަންޝިޕްކާމިޔާބުކުރިއިރު ވެސް ރޮނާލްޑޯ ވަނީ އެ ޓީމުގައި ހިމެނިފަ އެވެ.


ރޮނާލްޑޯ ރިޓަޔާކުރަން ނިންމީ ވޭތުވެދިޔަ ބައިނަލްއަގުވާމީ ބްރޭކްގައި ޕޯޗުގަލްގެ ހެޑް ކޯޗު ޖޯޖް ޖީސަސްއާ ދެމެދު ޚިލާފެއް ހިނގައި، އޭނާ ގައުމީ ޓީމުގެ ޓްރެއިނިން ކޭމްޕު ދޫކޮށް ދިއުމަށް ފަހް